ޝެއިހު އިލްޔާސްގެ ރައްދެއް އިމްރާނަށް: އަދާލަތު މެމްބަރުންނަށް އޮޅުވާލުން ހުއްޓާލަންނުޖެހޭތޯ؟

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި އަދާލަތުން ބަސް ބުނަން ޖެހެނީ ވަކި ޕާޓީއެއްގެ ފަހަތުގައި ނިވައިވެ އޮވެގެންތޯ ސުވާލު އުފައްދާ، ޝެއިހް އިލްޔާސް ހުސައިން ކުރީގެ އިސްލާމިކް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްދެއް ދެއްވައިފި އެވެ.

ޝެއިހް އިލްޔާސް މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ކޮމިއުނިޓީ ގްރޫޕުގައި ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖު އަމާޒު ކުރައްވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަށެވެ.

އިލްޔާސް ވަނީ ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި އަދާލަތުން ބަސް ބުނަން ޖެހެނީ ވަކި ޕާޓީއެއްގެ ފަހަތުގައި ނިވައިވެ އޮވެގެންތޯ އާއި މިކަން އަދާލަތުގެ މެންބަރުންނަށް ހާމަކޮށްނުދީ އޮޅުވާލައިގެން ކަންކަން ކުރިއަށް ގެންދިއުން ހުއްޓާލަން ނުޖެހޭތޯ ސުވާލު ކުރައްވާފަ އެވެ.

އިމްރާން ވަނީ މިރޭ އެމްޑީޕީން ބާއްވާ އެއްވުމުގައި އަދާލަތުގެ މެންބަރުން ބައިވެރިވުމަށް ގޮވާލާފަ އެވެ.

އެމްޑީޕީން މިރޭ ކުރިއަށް ގެންދާ އެއްވުމުގައި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ މިފަދަ ޢަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަޞްލަޙަތު ގެއްލިދާނެ ކަންކަން ކަމުގައި ފާހަގަކޮށްފަ އެވެ. އަދި ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލާފައިވެ އެވެ.

އަދާލަތު ޕަޓީ އިމްރާން އަބްދުﷲ އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ