”ވާނުވާ ބަންދު“ އުވާލުމަށް ގޮވާލި ޒުވާނުންގެ އަޑު، ރައީސް އައްސަވައިފި

Advertisement

އެންމެ ފަސް

Advertisement

”ވާނުވާ ބަންދު“ އުވާލުމަށް ގޮވާލި ޒުވާނުންގެ އަޑު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްސަވައިފި އެވެ.

ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޒުވާނުންތަކެއްވަނީ ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަގޮތުން ރައީސް ވަނީ އެ ޒުވާނުންނާ ބައްދަލުކުރައްވާ، ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އަދި އެކަމާގުޅޭގޮތުން އެ ޒުވާނުންނާ ރައީސް ވަނީ ވާހަކަވެސް ދައްކަވާފަ އެވެ.

”ވާނުވާ ބަންދު“ގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދުން މީހުން ދޫކުރަން މިހާރުވަނީ ފަށާފަ އެވެ.

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކަށް  ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ މަސައްކަތް ޕީޖީ އޮފީހުން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށްވެސް ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާނުވާ ބަންދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ