އޮޅުހިޔާގެ ބައެއް ހިންގާނެ ފަރާތެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

އޮޅުހިޔާގެ ޝެލްޓާ ބައި އެގުރިކްލްޗަރ މިނިސްޓްރީއިން ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ފޭސް 2 ގައި މިނިސްޓްރީން ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓަރ ބައި 1 އަހަރު ދުވަހަށް މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

އެގޮތުން، މައުލޫމާތު ސާފު ކުރުމަށް އަންނަ ހޯމަ ދުވަހުގެ 11:00 އަށް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް ވެލާނާގެ 7 ވަނަ ފަންގިފިލާއަށް އައުމަށް އެ ވުޒާރާއިން ވަނީ އެދިފަ އެވެ.

އޮޅުހިޔާގެ ޝެލްޓާ ބައި މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވާއިރު ”އޮޅުހިޔާ“ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ރިކަރަންޓު ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގުރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި މިހާރު ފެސިލީޓީގައި 30 ބުޅާ ގެންގުޅުނު ނަމަވެސް އެ ފެސިލީޓީގެ ކެޕޭސިޓީއަކީ 2،000 ބުޅަލެވެ.

އޮޅުހިޔާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ