ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ވެލިއު އެޑިޝަން ސެންޓަރުތަކެއް ގާއިމުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ދަނޑުވެރިކަން ސިންދަފާތުކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތަކެއް ގާއިމުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ ޚިޠާބުގަ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި މި ސިނާޢަތު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ ލާޒިމު ކަމެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދަނޑުވެރިކަމުގެ ސިނާޢަތުން ކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މި ސިނާޢަތު ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ސިނާޢަތުގައި މިހާރު ހޯދަމުންދާ ކުރިއެރުންތަކުގެ ތެރޭގައި ހައިޑްރޮޕޮނިކްސް، ވާޓިކަލް ފާމިންގ އަދި އެއާރޯޕޮނިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަމަށް އަމާޒު ހިފަމުންދާ ކަމަށާއި، ޒުވާނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

”މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް ސެޓިފިކޭޝަން“ ދަށުން މި އަހަރު ށ. ގޮއިދޫގައި 10 ދަނޑެއް ސެޓިފައިކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިން ވެސް މިސާލު ނަގަންޖެހޭ މުހިންމު އަދި ތާރީޚީ ކުރިއެރުމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދަނޑުވެރިންނަށް ދިމާވާ މާކެޓިންގ އަދި ޓްރާންސްޕޯޓޭޝަންގެ ގޮންޖެހުންތައް ހައްލުކުރުމަށް އެމްޓީސީސީ އަދި އެގްރޯ ނެޝަނަލް ކޯޕަރޭޝަނާ އެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމެއް ޤާއިމުކުރެވޭނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ