ހުރާގައި ފުޑް ސެކިއުރިޓީއަށް ސަރަހައްދެއް ކަނޑައެޅުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކ. ހުރާގެ ވަކި ސަރަހައްދެއް ފުޑް ސެކިއުރިޓީއަށް ހާއްސަ ކުރުމާ ގުޅޭގޮތުން އެރަށު ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަޝްވަރާތަކުގައި ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން ހުރާ ކައުންސިލްގެ ރައީސާއި މެންބަރުންނާއި އިދާރީ މުވައްޒަފެއް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއަކީ ހުރާ ކައުންސިލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމެކެވެ. އެގޮތުން ކައުންސިލްގެ ރައީސް ވަނީ މި މަޝްރޫއަށް ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި ހުރާއިން ވަކި ބިމެއް ކަނޑައަޅައި، އެ ބިން ވުޒާރާއަށް ދިނުމުގެ ހުއްދައަށް ކަމާގުޅޭ އިދާރާތަކަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ކައުންސިލުން ވަނީ އެއްބަސްވެފަ އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ފުޑް ސެކިއުރިޓީއަކީ މިއަދުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހުއްދަތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުގައި ފުޑް ސެކިއުރިޓީއަށް ޚާއްސަ ބިމެއް އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް ވެސް މަންފާކުރާނެ ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ކ. ހުރާ ކ. ހުރާ ކައުންސިލް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ