ތޮއްޑޫގައި އީދަށް ގޯއްޗާއި މަގު ދިއްލައި ޒީނަތްތެރިކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ރީތި ޑިޒައިނެއް ހޮވައި، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ރަށުގެ ހުރިހާ ގޯތިތަކާއި މަގުތައް ކުނިކަހައި ސާފުކޮށް، ކުލަބޮކި ދިއްލައި ޒީނަތްތެރިކުރުމަށް ވަނީ ނިންމާފަ އެވެ.
މި މުބާރާތުގައި އެންމެ މޮޅު ތިން ފަރާތަކަށް ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެއްވަނައަށް 6،000 ރުފިޔާ، ދެވަނައަށް 4،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވަނަ ހޮވުމުގައި ގޭގެ މަގުފަޅިއާއި ގޯތިތެރޭގެ ސާފުތާހިރުކަމަށް ބަލާނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 ޖޫން 26 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ގޭގެ އެޑްރެހާއި ވެރިފަރާތުގެ ނަން ކައުންސިލަށް ފޮނުވަންޖެހޭނެ އެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ޒީނަތްތެރިކަން އިތުރުކޮށް، އީދު ދުވަސްވަރު ރަށުގެ މާޙައުލު އުފާވެރި ކުރުމެވެ.