އައްޑޫގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި 9576 މީހަކަށް ވޯޓުލެވޭނެ: އީސީ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފޭދޫގެ 4،355 މީހުންނަށާއި، މީދޫގެ 2،347 މީހުންނަށާއި، އަދި ހުޅުދޫގެ 2،874 މީހަކަށް މި ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ވަޒަންވެރިވެފައިވާ ރަށް ފިޔަވައި އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައި، އެ ޕްރޮސެސް ވަނީ ނިންމާފަ އެވެ.

މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫ އާއި މީދޫގައި 3 ފޮށި އަދި މާލޭގައި 7 ވޯޓު ފޮށި ބެހެއްޓޭނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ވޯޓުލާ ނިމޭތާ 30 މިނިޓް ފަހުން ވޯޓު ގުނަން ފަށައި، ރަސްމީ ނަތީޖާ މި މަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދަނީ ވޯޓު ކަރުދާސް ޗާޕުކޮށް ވޯޓު ފޮށިތަކުގައި ހުންނަންޖެހޭ ތަކެތި ހަމަކުރުމުގެ މަސައްކަތެވެ. އަދި މި މަސައްކަތްތަކާއި އިދާރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފަ އެވެ.

އައްޑޫ ސިޓީ އިލެކްޝަންސް ކޮމިޝަން (އީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ