ތޮއްޑޫގައި ގާއިމު ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

އއ. ތޮއްޑޫގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާ ރަސްމީކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ އއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އެމްޑީ އިބްރާހިމް ނަޒީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތޮއްޑޫގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫ ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ފުލުހުންގެ ހިދުމަތްތައް ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒު ނެތް ރަށްތަކުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުލުހުންގެ މަރުކަޒު ނެތް ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް ފުލުހުންގެ ހިދުމަތް ދިނުންކަމަށް ސަރުކާރުން ބުނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އއ. ތޮއްޑޫ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ