ތޮއްޑޫގަ ބީއެމްއެލް ޑޮލަރު އޭޓީއެމްއެއް ބަހައްޓާ، ބްރާންޗެއްގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން މި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އަދި ބީއެމްއެލްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ޑޯލަރު އޭޓީއެމްގެ ހިދުމަތް ތޮއްޑޫގައި ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުއިއްޒެވެ. ޑޮލަރު އޭޓީއެމްގެ އިތުރުން ތޮއްޑޫގައި ވަނީ ބީއެމްއެލްގެ އާ ބްރާންޗެއްގެ ބިންގާވެސް އަޅާފަ އެވެ.

ބީއެމްއެލްއިން ބުނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް ގާއިމުކުރަން ނިންމާފައިވަނީ އެރަށަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށްވެފައި، ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވާތީ އެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ލިބޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މިހާރު ބީއެމްއެލްއިން ވަނީ އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފަ އެވެ. އއ. އަތޮޅާއެކު ބީއެމްއެލްއިން ވަނީ މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އއ. ތޮއްޑޫ ފަތުރުވެރިކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ