ދޮންދީނީގެ ހިމާޔަތުގައި ކާޅާއި ވާ ނުމެރޭނެ: މާރިޔާ

Advertisement

އެންމެ ފަސް

Advertisement

ދޮންދީނީގެ ހިމާޔަތުގައި ކާޅާއި ވާ ނުމެރޭނެ ކަމަށާއި، މިނިސްޓްރީގެ ސިޔާސަތަކީ ކާޅާއި ވާ މެރުމުގެ ބަދަލުގައި އެތަކެއްޗާއެކު އުޅެން ދަސްކޮށްދިނުން ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ”އައްޑޫގައި އުޅޭ ވަރަށް ހާއްސަ ދޫންޏެއް ހިމާޔަތްކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ“ ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭއާ އެކު މަޝްވަރާތައް ކުރައްވާފައިވާ ކަމަށާއި، މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައިގެން އަވަސް މުއްދަތެއްގެ ތެރޭގައި މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

”އަޅުގަނޑުމެން ގަސްތުކުރަނީ ދޫނީސޫފާސޫފި މަރައިގެން ކަންތައްތައް ހައްލުކުރާކަށް ނޫން، އެއާ އެކީ އުޅެ، އެއަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރުން،“ މިނިސްޓަރު ވިދާޅުވި އެވެ. އަދި ކާޅާއި ވާލުގެ އުނދަގޫ އާންމުންނަށް ކުރިމަތިވަމުންދަނީ، އެތަކެތި ދިރިއުޅޭ މާހައުލު ނައްތާލުމުގެ ސަބަބުން ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ އަދި ދުނިޔޭގެ އެކިއެކި ތިމާވެށީގެ ޖަމިއްޔާތަކުން ވެސް ލަފާދެއްވަނީ ދޫނިސޫފާސޫތްޕާ އެކު އުޅެން ދަސްކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކާޅު ގިނަވާ މައްސަލާގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަ

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ