އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް އިސްރޭލް ޕާސްޕޯޓް ބޭން ކުރުމުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތައުރީފް ކުރައްވައިފި އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް މުއިއްޒަށް ތައުރީފް ކުރައްވާފައިވަނީ ރައީސް މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ގުޅިގެން އިއްވި ރަސްމީ ބަޔާނުގަ އެވެ. މި ބަޔާން އިއްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ބައްދަލުވުންތަކަށް ފަހު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ފަހު އެވެ.
މި ބަޔާން އިއްވަވަމުން މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ވަނީ އިޒްރޭލް ޕާސްޕޯޓު ބޭން ކުރަން ރައީސް މުއިއްޒު ނިންމަވާފައިވަނީ ވަރަށް ކެރިވަޑައިގެން، ވިސްނުންތެރިކަމާއެކު ކަމަށެވެ. މީގެ އިތުރުން މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންވެސް ރައީސް މުއިއްޒުގެ ނިންމެވުމަށް ވަރަށް އިހުތިރާމް ކުރައްވާކަމަށް ބޮޑު ވަޒީރު އަންވަރު ވިދާޅުވި އެވެ.
އިޒްރޭލު މައްސަލައިގައި މެލޭޝިއާއިން ވެސް ގެންގުޅެނީ ވަރަށް އެއްގޮތް ސިޔާސަތެއްކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑު ވަޒީރު އަންވަރު ވަނީ ރައީސް މުއިއްޒު، މޫސުމަށް އަންނަ ބަދަކުތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ސާބިތު ކަމާއެކު ވަކާލާތު ކުރައްވާކަން ފާހަގަ ކުރައްވާ އެކަމަށް މެލޭޝިއާއިން ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެއިން އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ނިންމާފައިވަނީ އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ދެންނެވެ. އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ގިނަ ގައުމުތަކަކުން ވަނީ ރާއްޖެއަށް ތައުރީފްކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެލޭޝިޔާ ރާއްޖެ - ފަލަސްތީން އިޒްރޭލު ޕާސްޕޯޓް އިޒްރޭލް