ފުއްޕާމެއަށް ޑީސަލް އެޅި ވެމްކޯ މުވައްޒަފެއް އައިޖީއެމްއެޗްގެ އައިސީޔޫ ގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭސްޓް މެނޭޖްމެެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ގއ. ދިޔަދޫ ސައިޓްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފެއްގެ ފުއްޕާމެއަށް ޑީސަލް އެޅި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ވެމްކޯއިން ޖަވިޔަނި އަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސައިޓްގައި ހުރި ޖަނަރޭޓަރަކަށް އަވަހަށް ޑީސަލް އެޅުމުގެ ތެރޭގަ އެވެ. ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން، އެ މުވައްޒަފުގެ އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވުނީ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ހާދިސާ ހިނގުމާއެކު އެ މުވައްޒަފަށް ފަރުވާ ދިނުމަށް އިމަޖެންސީގައި ވަގުތުން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އިތުރު ފަރުވާ އަށް ރޭ ފަތިހު މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކުރެވުނެވެ.

ވެމްކޯއިން ބުނި ގޮތުގައި މިހާރު އެ މުވައްޒަފު އޮތީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް އެ މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށް ވެމްކޯއިން ވަނީ ބުންޏެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެ އެވެ. އަދި މި ހާދިސާ ހިނގައިދިޔަގޮތް އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ