ގައުމު ބަނޑަށް ޖެހުނަސް އިޒްރޭލާ ދެކޮޅަށް މި ސަރުކާރުން ތެދުވާނެ، އެކަން ދައްކައިފި: ފަލާހް

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ އަހުންނާ އުހުތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލު ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ރާއްޖެ ބަނޑަށް ޖެހުނަސް މި ސަރުކާރުން އެކަމަށް ނުބަލާނެ ކަމަށާއި އިޒްރޭލާ ދެކޮޅަށް ނިކުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާ ފަލާހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގަ އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

ފަލާހް ވިދާޅުވީ މި ބިލު އެމްޑީޕީން މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް އެ ބިލާ މެދު ގޮތެއް ނިންމަން ނުކެރޭނެކަމަށް ހީކޮށްގެން ކަމަށެވެ.

އެމްޑީޕީން މި މައްސަލަ ހުށަހެޅީކީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެންނެއް މިކަމެއް ނުކުރާނޭ، ކޮށްފިކަމަށް ވަންޏާ އަޅުގަނޑުމެންގެ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑު ވާނޭ، މި ގައުމު ބަނޑަށް ޖެހޭނޭ، އެހެންވީމާ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނޭ. މީ އެމްޑީޕީގެ ނިޔަތް.

ފަލާހް ވިދާޅުވީ ރާއްޖެއިން ތާއީދު ކުރާ، ދިވެހި ރައްޔިތުންގެ ލޮބުވެތި އަހުންނާ އުހުތުން ތިބި ގައުމަކަށް އެވަރުގެ އަނިޔާއެއް ދޭއިރު، ރާއްޖެ ބަނޑަށް ޖެހުނަސް އަދުގެ ސަރުކާރުން ނުބަލާނެ ކަމަށާއި އެކަން މަނާ ކުރާނެ ކަމަށެވެ. އަދި އެކަން މިއަދު ދައްކައިދީފިކަމަށް ފަލާހް ވިދާޅުވި އެވެ.

ކުރިއަށް އޮތްތާވެސް ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އެޑްރެސްކޮށް އަދުގެ ސަރުކާރާއި 20 ވަނަ މަޖިލީހުން އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެކަމަށް ފަލާހު ވިދާޅުވި އެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ