އާންމުންނަށް ކެބިނެޓުގެ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގެ 5 ވަނަ ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
”އަހާ“ ފޯރަމް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ ސިލްސިލާ ފޯރަމް އެކެވެ. އަހާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ޖެނުއަރީ 25، 2024 ގަ އެވެ.
މި މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަހާގެ 5 ވަނަ ފޯރަމްގައި 5 މިނިސްޓަރަކު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
”އަހާ“ ގެ 5 ވަނަ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ މިނިސްޓަރުން:
- ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
- ދިވެހި ލެންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ބަންޑާރަ ނައިބު އަހުމަދު އުޝާމް
މި ފޯރަމްގައި މިނިސްޓަރުންނާ ސުވާލު ކުރުމަށް އެކި ފުރުސަތުތައް އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފޯރަމް ބާއްވާ ތަނަށް ގޮސް ވަގުތުން ސުވާލު ކުރުމުގެ އިތުރުން ފޯނުން ގުޅައިގެންނާއި އެސްއެމްއެސް، ސޯޝަލް މީޑީއާ އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވަން ޖެހޭނީ 300 ނަންބަރަށެވެ. އެގޮތުން AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް އެސްއެމްއެސް ކުރުމުން ސުވާލު ފޮނުވޭނެ އެވެ.
ދެ ގަޑި އިރުގެ ދިގުމިނަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަހާ ފޯރަމް އޮންނާނީ އޭޕްރިލް 24 ވަނަ ދުވަހުގެ ރޭ 21:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީސް ބަންޑާރަ ނައިބް އަހުމަދު އުޝާމް އަހާ ފޯރަމް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ޕީއެސްއެމް