މާވަށުގައި ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ހަތް މަޝްރޫ ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރަައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުތައް ފައްޓަވާފައި ވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތަކެއްގަ އެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ ބްރާންޗް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް، ފުލުހުންގެ މަރުކަޒު، މަގު ހެދުމުގެ މަސައްކަތް، ވޮލީ ކޯޓު، ފިޓްނެސް ސެންޓަރު އަދި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ ސެންޓަރުގެ މަސައްކަތެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ބީއެމްއެލްގެ ބްރާންޗުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ. އަދި ވޮލީ ކޯޓާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުތަކުގައި ސަރުކާރުގެ އިސް ވަޒީރުންގެ އިތުރުން، ބީއެމްއެލްގެ ޗެއަރޕާސަން ޢަލީ ޙަބީބު، ސީއީއޯ އަޙްމަދު ޝަރީފް، އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ، އާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން މާވަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މުވައްސަސާތަކުގެ އިސްވެރިން ގެ އިތުރުން ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ