އެފްޑީސީން އަޅާ 5،000 ފްލެޓަށް ބޭނުންވާ ލޯނު ހަމަޖެހިއްޖެ

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އަޅާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ފުރަތަމަ 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ޗައިނާގެ ބޭންކަކުން ހަމަޖެހިއްޖެ އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، ”މިހާރު މި މަޝްރޫޢުއާ ގުޅޭ ޓާމް ޝީޓެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ“ ކަމަށާއި، މި މަޝްރޫޢުއަށް ހުއްދަ ދޫކުރުމާ ބެހޭ ލިޔުމުގައި ކައުންސިލުން ސޮއިކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެފްޑީސީން މިހާރުވެސް ވަނީ މާލެ ސަރަހައްދުގައި ތަރައްޤީކުރާ 13،000 ހައުސިން ޔުނިޓު އެޅުމަށް ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން، ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 700 ހައުސިން ޔުނިޓު ނިންމައި ވަނީ ހަވާލުކޮށްފަ އެވެ.

ހަމްދާން ޝަކީލް އިތުރަށް ވިދާޅުވި ގޮތުގައި، ހައުސިން ޔުނިޓުތަކުގެ ތެރެއިން ދެން ހުރި ޔުނިޓުތަކަށް ވެސް ލޯނު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ