ފަގީރުންގެ ފްލެޓްތަކުގެ ޑައުން ޕޭމަންޓް ޒަކާތު ހައުސް އިން ދައްކަނީ

Advertisement

އެންމެ ފަސް

Advertisement

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަކުގެ ޑައުން ޕޭމަންޓް ޒަކާތު ހައުސް އިން ދައްކައިދޭން ނިންމައިފި އެވެ.

ޒަކާތު ހައުސް އިން ބުނި ގޮތުގައި، އެ އިދާރާގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސަރުކާރުން ދޭ ސޯޝަލް ހައުސިންގެ ފްލެޓް ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން، މިފަދަ 14 ފަރާތަކަށް ޑައުންޕޭމަންޓް ދައްކައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި 14 ފަރާތުގެ ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު ކަމަށްވާ 340،000 ރުފިޔާ ޒަކާތު ހައުސްއިން ދައްކައިދޭނެ އެވެ. މި ފައިސާ ޖަމާކުރާނީ ސީދާ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާއަށް ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. މިހާރު ޑައުންޕޭމަންޓަށް ހުޅުވާލާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމްކޮށްފައިވާ އަމާން އުދަރެސް / ދޯދި ފްލެޓްތަކުގެ އެވެ.

ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކަށް ބަލާއިރު، 2 ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓްތަކަށް 25,000 ރުފިޔާ އެއްފަހަރާ ދައްކަންޖެހެ އެވެ. ޒަކާތު ހައުސްގެ މި އެހީގެ ސަބަބުން މި 14 އާއިލާއަށް އެމީހުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.

ޒަކާތު ހައުސްއިން ވަނީ މި 14 ފަރާތުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް ފަގީރު ކަމުގެ ހާލަތު ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފަ އެވެ. ސޯޝަލް ހައުސިން ލިބުމަށްފަހު އެމީހުންގެ އިޤްތިޞާދީ ހާލަތަށް އަންނަ ބަދަލުތައް މި ރިވިއުއިން ދެނެގަނެވޭނެ އެވެ.

އަމާން ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އަދި ބައެއް ޓްރަވަރުތަކަށް ކަރަންޓްވެސް ނުދެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ