ލިވަޕޫލާއެކު ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އެމްއެމްޕީއާރުސީ އާއި އިނގިރޭސި ވިލާތުގެ ލިވަޕޫލް ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ބޮޑު ބްރޭންޑް ކެމްޕެއިނެއް ފަށައިފި އެވެ.

އެގޮތުން ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ހުންނަ މަޝްހޫރު އެންފީލްޑް ފުޓްބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް މުއިއްޒު މި ޒިޔާރަތް ކުރެއްވީ ލިވަޕޫލް އެފްސީ އާއި އެވަޓަން އާ ދެމެދު ކުޅުނު މާސައިޑް ޑާބީ މެޗަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެންފީލްޑް ސްޓޭޑިއަމްގެ ހާއްސަ ޓުއާއެއް ހެއްދެވިކަމަށެވެ. މި ޓުއާގައި ރައީސް ދަނޑުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވިއެވެ. އަދި ދަނޑުގެ ކައިރީގައި ހުރި ލިވަޕޫލް ކުޅުންތެރިންގެ ޖާޒީތައް ބެއްލެވުމުގެ އިތުރުން ކުޅުންތެރިން ތައްޔާރުވާ ސަރަހައްދުތަކަށްވެސް ޒިޔާރަތްކުރެއްވިއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު, މި ކެމްޕެއިންގެ މަގްްސަދަކީ ލިވަޕޫލްގެ މގްްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމެވެ.

މިގޮތުން މި ކެމްޕެއިންގެ ދަށުނ ް100އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންޑަގްރައުންޑްގައި އިޝްތިހާރުކޮށް ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުގެ މި ޒިޔާރަތަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކުރައްވާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ. ލިވަޕޫލް އެފްސީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުލަބުތަކުގެ ތެރެއިން އެއް ކުލަބުކަމަށްވާއިރު، މި ޒިޔާރަތުން ރާއްޖެއަށް ބޮޑު ޕްރޮމޯޝަނެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒުގެ މި ޒިޔާރަތުގައި ލިވަޕޫލް އެފްސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދަނޑުގެ ޕިޗްސައިޑްގައި ފޮޓޯ ނަންގަވާފައިވެއެވެ. އަދި ލިވަޕޫލް އެފްސީގެ ނަންބަރު 25 ޖާޒީއެއް ރައީސް މުއިއްޒަށް ހަދިޔާކޮށްފައިވާކަންވެސް ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.

 

ރާއްޖެ - ލިވަޕޫލް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ