ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ ބޯޑަށް، އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި ސަބީހާ އަހްމަދު އައްޔަނުކޮށްފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ ޕަބްލިކް ކޮމްޕެނީޒް ބޯޑު (ޕީސީބީ) އިންނެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ސަބީހާ އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން މަރުހަބާަ ކިޔައިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ސަބީހާ ބޯޑަށް އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެކެވެ.
ސަބީހާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ކަނބަލެކެވެ. އެގޮތުން އޭނާ ވަނީ ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިން ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. މި ތަޖުރިބާތަކުގެ ސަބަބުން، ވިޒިޓް މޯލްޑިވްސްގެ މާކެޓިން ސްޓްރެޓެޖީތައް އިތުރަށް ވަރުގަދަ ކުރުމަށް ބޮޑެތި އެހީތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)
