މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހުގެ ރޭ މުޅި ރާއްޖެ ދިއްލާލުމަށް ބޭނުންވާ ސާމާނު މާދަމާ ރަށްތަކަށް ފޮނުވަން ފަށާނެ ކަމަށް ސިޓީސް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދުލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ސިޓީސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ރަށްތައް ދިއްލުމަށް ބޭނުންވާ ސާމާނު މާދަމާއިން ފެށިގެން ފޮނުވަން ފަށާނެ ކަމަށެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މާލޭސިޓީގައި އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި އެ ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށެވެ.
އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ފެއްޓެވި ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް



