އިންޑިއާގެ ކްރިކެޓު ކެޕްޓަން ރޯހިތު ޝަރްމާ ޗުއްޓީ ހޭދަކުރަން ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ކްރިކެޓު ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ރޯހިތާއެކު މި ދަތުރުގައި އޭނާގެ އަންހެނުން ރިތިކާ ސަޖްދޭ އާއި ދަރިފުޅު ސަމައިރާ ބައިވެރިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯހިތުގެ އާއިލާ މިވަގުތު ޗުއްޓީ ހޭދަކުރަމުންދަނީ ވޯލްޑޯފް އެސްޓޯރިއާ ރިސޯޓުގަ އެވެ. ޓުޑޭ އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ދަތުރަކީ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ފެށުމުގެ ކުރިން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ކުރި ދަތުރެކެވެ.

އައިޕީއެލްގެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ޗެންނާއީގަ އެވެ.

އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ރޯހިތުއާއި އޭނާގެ ދަރިފުޅު. — ފޮޓޯ: ރޯހިތުގެ އިންސްޓަގްރާމް

ރޯހިތު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފެށި ފަހުންނެވެ. މި ގޮތުން ސަރުކާރުން ވަނީ ދާދި ފަހުން ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ވިޒިޓް މޯލްޑިވްސްއިން ވަނީ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ގްލޯބަލް އެމްބަސަޑަރުކަމަށް ހަމަޖައްސާފަ އެވެ.

ރޯހިތު ޝަރްމާގެ މި ޒިޔާރަތަކީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެ އެވެ. މިފަދަ މަޝްހޫރު ކުޅުންތެރިންގެ ޒިޔާރަތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ އެވެ.

އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ރޯހިތު. — ފޮޓޯ: ރޯހިތުގެ އިންސްޓަގްރާމް

އޭގެއިތުރުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް ރައީސްގެ އިރުޝާދުގެ ދަށުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން އިންޑިއާގެ އެކި މަޝްހޫރު ފަންނާނުންނަށް ރާއްޖެއަށް ދައުވަތުތައް ދެމުން އާދެ އެވެ.

މިވަގުތު، ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދަށް ކޮންމެވެސް ވަރެއްގެ މަދުކަމެއް އައި ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ލޯ ސީޒަންއަށް ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅިވަރު ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ