ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި އާ މަސްމާރުކޭޓު އަޅަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ޒަމާނީ އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވަނީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭގެ މަސްމާރުކޭޓުގެ ހާލަތާމެދު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އާ މަސްމާރުކޭޓެއް އެޅުމަށް ފެށި މަސައްކަތް އެކި ސަބަބުތަކާހެދި ހުއްޓިފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުން ޖަޕާނުގެ ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އާ މަަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ހަމަޖެހިފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އާ މަސްމާރުކޭޓުގެ މަސައްކަތަށް ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އާ މަސްމާރުކޭޓު އަޅާނީ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީގައި، ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި، ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާރުކޭޓެއް ގާއިމުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އެޅުމަށް ޕްލޭން ކުރެވެމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޖަޕާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ