މި ސަރުކާރުން އިއުލާން ކުރި ބޯހިޔުާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި އޮތް މާލޭގެ ރަށްވެއްގެ ގޮތުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމުގެ ޝަރުތު މުރާޖާ ކުރުމަށް ވިސްނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި އާންމުންގެ މީހަކު ވަނީ މި ޝަރުތާ ގުޅޭ ގޮތުން ކަންބޮޑުވުމެއް ހިއްސާކޮށްފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި، މާލޭގައި މުޅި އުމުރު ދުވަހު ދިރިއުޅެމުންދާ ނަމަވެސް، އެކި ސަބަބުތަކާ ހުރެ ރަށްވެހިކަން ބަދަލުކޮށް އަލުން މާލެއަށް ބަދަލުކުރި ފަރާތްތަކަށް، މިހާރުގެ އުސޫލުގެ ސަބަބުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލެ އެވެ.
މި ކަންބޮޑުވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެކަމާ މެދުގައި އިޖާބީ ގޮތެއްގައި ސަރުކާރުން ވިސްނާނެ ކަމަށެވެ.
ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލައިފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން.
މީގެ އިތުރުންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބޯހިޔާވަހިކަމުގެ ބައެއް ކަންކަން ބަދަލު ކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެއް ކޮޓަރީގެ ފްލެޓް މީގެ ކުރިން ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓް ދޫކޮށްލުމުން މިހާރު އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އާ މަޝްރޫގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭނެ ގޮތަށް މިހާރު އިއުލާންކޮށްފައިވާ ޝަރުތުތަކަށް ބަދަލު ގެންނަވާނެކަމަށް ރައީސް ވަނީ ރޭގެ ޖަލްސާގައި އިއުލާން ކުރައްވާފަ އެވެ.
ބޯހިޔާވަހިކަމުގެ އާ މަޝްރޫގެ ގޮތުގައި ސަރުކާރުން އިއުލާން ކުރި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު އެކުލަވާލާފައިވަނީ އަމިއްލަ ބޯހިޔާވަހިކަމެއް އެއްވެސް މިންވަރަކަށް ލިބިފައިނުވާ ރައްޔިތުންނަށް އިސްކަން ލިބޭގޮތަށް، ދެމަފަރިންގެ ތެރެއިން އެކަކަށް ސަރުކާރުގެ އެއްވެސް ސްކީމަކުން ފްލެޓެއް ލިބިފައިވާނަމަ، އާ ސްކީމްތަކުން ފްލެޓް ހޯދަން ހުށަނޭޅޭނެގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް



