މި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި، ކޮންމެ ނިންމުމެއް ނިންމަނީ ރައްޔިތުންގެ އިހުސާސްތައް އެނގި ހުރެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިސަރުކާރު އޮންނަނީ ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި އެމަނިކުފާނު ވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލު ކުރައްވަނީ ވެސް އެ ބޭނުމުގައިކަން ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރައްވައި ކަންކަމުގެ ހިޔާލާއި މަޝްވަރާ އަޑު އެއްސެވި ކަމަށާއި އެއިން ކޮންމެ ކަމަކަމަށް އެޓެންޑުވެ އެޑްރެސް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

”ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލާއި މަޝްވަރާ އަޑުއެހިން. އަޑު އަހާފައި އެއިން ކޮންމެ ކަމަކަށް އަޅުގަނޑު އެޑެންޓުވަން، އެޑްރެސްކުރަން. ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ މަޝްވަރާގެ އުސޫލުން. އެއީ މީގެކުރިން މާލޭގެ މޭޔަރަކަށް ހުރި އިރުވެސް ހަމަ އަމަލު ކުރަމުން އައި ގޮތް“ ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ގެނައި ޖެނެރޭޝަން ބޭން އާއި ވޭޕު ބޭން ކުރި ކުރުމަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. ރައީސް ވިދާޅުވީ މިއަދު ރާއްޖޭގައި ވޯޓެއް ނެގި ނަމަވެސް ވޭޕް ބޭން ކުރުމަށް 90 އިންސައްތަ ރައްޔިތުން ތާއީދު ކުރާނެ ކަން ޔަގީންވެލައްވާ ކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭން އާއި މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ގެނައި އިސްލާހުތަކަށް ވެސް 90 އިންސައްތަ ރައްޔިތުން ތާއީދު ކުރާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހުރިހާ ނިންމުމެއް ނިންމަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ ކަމަށެވެ.

”މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން މި ކުރާ ކަމަކީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ، ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ރައްޔިތުންނަށްޓަކާ ކޮށްދިނުމުގެ މަސައްކަތް ކުރަނީ،“ ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދަވާ ކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގައިވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.

ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންނާ ގާތުން ބައްދަލު ކުރެއްވުމަށް ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާފައެވެ. މިހާރު ރައީސް އެ ގެންދަވަނީ މާލޭގެ ހުރިހާ އަވައްތަކެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ވިލިމާލެ، މައްޗަން ގޮޅީ، މާފަންނުގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާ ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ