ޑިޖިޓަލް ވަސީލަތްތަކާއެކު ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ: ހެލްތު މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިޖިޓަލް ވަސީލަތްތަކާއެކު ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ޑިޖިޓަލް ސިއްޙީ ނިޒާމެއްގެ ތެރެއިން ރައްކާތެރި އަދި އަވަސް ސިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމުން މަސައްކަތުގެ ތެރޭގައި އިންސާނުންނަށް ނޭނގި ހެދޭ ގޯސްތައް މަދުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވޯކް ވަރަށް އަވަހަށް އިފްތިތާހު ކުރެވޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. މި ފްރޭމްވޯކް ފަރުމާކޮށްފައިވާނީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ ގިނަ ޚިދުމަތްތަކެއް ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިވާނެ ގޮތްތައް ހިމަނައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިޖިޓަލް ސިއްޙީ ނިޒާމެއްގެ ސަބަބުން ފައިދާތަކާއި ފަސޭހަތައްވި ނަމަވެސް އެފަދަ ނިޒާމެއްގައި ހުންނަ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއްކަމަށާއި އެކަމާމެދު ވިސްނަން ޖެހޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ސިއްހަތު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ