ދިއްގަރު ހޮސްޕިޓަލުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މ.ދިއްގަރު ހޮސްޕިޓަލުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ.

105.13 މިލިއަން ރުފިޔާއަށް ދިއްގަރު ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށޫން 37 އެނދު އެކުލެވޭ ހޮސްޕިޓަލެއް އިމާރާތްކުރެވޭނެ އެވެ.

މި މަޝްރޫއުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެވެ.

މި މަޝްރޫއު އާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ހަވާލު ކުރެވިގެންދިޔަ ހޮސްޕިޓަލުގެ މަޝްރޫއު އަކީ 37 އެނދުގެ ހޮސްޕިޓަލެއް ހުރިހާ ވަސީލަތްތަކަކާއެކު ގާއިމްކުރުމަށް ވެވިގެންދިޔަ އެއްބަސްވުމެއް ކަމަށެވެ. އަދި މި މަޝްރޫއު ވަރަށް އިސްކަމެއް ދީގެން ވަރަށް ގާތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާއިންނާ ކުންފުނިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މ. ދިއްގަރު މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ