ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން“ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން އައްޔަންކޮށްފި އެވެ.

މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ކައުންސިލަކީ މޯލްޑިވްސް 2.0 ރޯޑްމެޕްގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެވެ. ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ އިސް 9 ބޭފުޅުންނެވެ.

ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިޙްސާން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު، އަދި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މީގެއިތުރުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތުވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވަ އެވެ. ދެން މި ކައުންސިލްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް ސިޔާޙް ޚަލީލް އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރުވެސް ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރު އާދަމް ޝަރީފް އުމަރު މޯލްޑިވްސް 2.0 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޑރ. މުހައްމަދު ކިނާނަތު ޓްރޭޑްނެޓުގެ އެމްޑީ ސައީދާ އުމަރު ޓްރޭޑްނެޓުގެ ޗެއާމަން ސިޔާހް ހަލީލް ޓްރޭޑްނެޓް ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ