މާލޭގައި ގިނަ އަދަދެއްގެ ކޮތަރުތަކެއް މަރުވަނީ

Advertisement

އެންމެ ފަސް

Advertisement

މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކޮތަރު މަރުވެފައި އޮންނަތަން ފެންނަން ފަށައިފި އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކި ސުވާލުތައް އުފައްދަން ފަށާފަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން މަރުވެފައިވާ ކޮތަރުތަކާއި، އުދުއްސާ ނުގަނެވިފައި ތިބި ކޮތަރުތަކުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެވިފަ އެވެ.

މިކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ އާންމުކޮށް ދިމާވާ ކަމެކެވެ. ”ބޮޑަށް ލަފާކުރެވެނީ ހޫނުގަދަކަމުން ނުވަތަ ބައްޔެއް ޖެހިގެން ކޮތަރުތަކަށް މިހެންވާ ކަމަށް،“ އީޕީއޭގެ ބޭފުޅެއް ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ޖަނަވާރާ ބެހޭ މިނިސްޓްރީގެ މީޑިއާ އޮފިޝަލާ ގުޅާލުމުން ވިދާޅުވީ، އެފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާކަމަށާއި، ”ބާލުމަށްފަހު ޖަވާބެއް އަރުވާނެ“ ކަމަށެވެ.

މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ވައި ނުސާފުވެފައިވާކަމެވެ. މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްޔިތުންނަށް ޚާއްސަ އިރުޝާދުތަކެއް ދީފަ އެވެ. އާންމު ހާލަތުގައި ވައިގެ ނުސާފުމިން ހުންނަންވާނީ 0-50 އާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ