ކަނޑިތީމުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދީނީ ދަރުސްތަކެއް

Advertisement

އެންމެ ފަސް

Advertisement

ށ. ކަނޑިތީމުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހުމަދު އަހުސަން ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން އަހުސަން ވިދާޅުވީ، ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން، ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުއިޒް ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށާއި، ”އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމު ދެވޭނެ“ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަހުސަން ވަނީ ހާމަކުރައްވާފަ އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކުންވެސް އަންނަނީ އެކި ގޮތްގޮތުން މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ގިނަ ރަށްރަށުގައި މިސްކިތްތަކުގެ މަރާމާތާއި ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ރަމަޟާން މަހާ ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައް ރާވަމުންދާކަން ފާހަގަކުރެވެ އެވެ.

ށ. ކަނޑިތީމު ރަމަޟާން 1446

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ