ކަނޑިތީމު ތިން މަޝްރޫއެއްގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

ށ. ކަނޑިތީމުގެ ތަރައްގީއަށް 3 މަޝްރޫއެއްގެ ބިންގާ އަޅައިފި އެވެ.

މި ތަންތަނުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމުގައި ބޭއްވި ރަސްމިއްޔާތުތަކެއްގަ އެވެ.

މިއަދު ބިންގާ އެޅި މަޝްރޫތަކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ ބްރާންޗާއި ފުލުހުންގެ މަރުކަޒާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެވެ.

ކަނޑިތީމުގައި ބީއެމްއެލްގެ ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު އެވެ.

ކަނޑިތީމު ފިޓްނަސް ސެންޓަރުގެ މަސައްކަތާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ފެނަކަ އާއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ށ. ކަނޑިތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ