މިސްކިތުގަ ރޯދަ ވީއްލުމުގެ އިންތިޒާމް ރަނގަޅަށް ހަމަ ނުޖެއްސޭނަމަ ހުއްދަ ނުދޭނަން: މިނިސްޓަރު ޝަހީމް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ މިސްކިތެއްގައި ރޯދަ ވީއްލާ ގަޑި ކައިރިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ”ތެޅިގަނެގެން“ ރޯދަ ވީއްލާ މަންޒަރު ފެންނަ ފަދަ އަމަލުތަކެއް ހިނގާނަމަ، ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މިސްކިތުގައި ރޯދަ ވީއްލުން އިންތިޒާމު ކުރަން ހުއްދަ ދެވިފައިވާ ފަރާތްތަކުން އެކަން ރަނގަޅަށް އިންތިޒާމު ނުކުރާނަމަ ހުއްދައެއް ނުދޭނެ ކަމަށެވެ. އަދި މިސްކިތުން ފެނުނު ކަންކަން ހިނގާފައިވަނީ ރާއްޖޭގެ ރީތި ސަގާފަތާއި މުޅި ހިލާފަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިފަދައިން މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގައި ރޯދަ ވީއްލަން ބަންގި ގޮވަން ކައިރިވުމާއެކު، ކާ މޭޒު ކައިރިއަށް ބިދޭސީންތަކެއް ޖަމާވެ، ކާބޯތަކެތި ހޯދަން އުޅުނު މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެންނެވެ.

ރޯދަ ވީއްލަން ދިނުމަށް ސަލްމާން މިސްކިތް ގޯތިތެރޭ ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަންނަ ތަން ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މޭޒު މަތީގައި އަތުރާފައިވާ ޕާރުސަލްތަކާއި ޖޫސް ޕެކެޓުތަށް ނެގުމަށް ބިދޭސީން އަވަސް އަރުވާލައިގެން އުޅޭއިރު، ބައެއް ޕާރިސަލްތަށް ބިންމައްޗަށް އެޅި، ބިންމަތިވެސް އެއްކޮން އޮތީ ހަޑިވެފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މީގެ ކުރިންވެސް މާލޭގެ އެހެން މިސްކިތެއްގައިވެސް މިގޮތަށް ބިދޭސީން އަރައިގަންނަ ތަން ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ.

ރަމަޟާން 1446 އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ