ވައުދުތަކުގެ އިތުރުން ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރުމަށް ގިނަ ކަންކަން ކޮށްދޭނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރުމަށް ގިނަ ކަންކަން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާލުވީ އެމަނިކުފާނު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެފައި ހުރި ވައުދުތަކާއި އޭގެ އިތުރުންވެސް ކުރަމުން ގެންދާ ގިނަ ކަންތައްތަކަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްވާ ގޮތަށް ކުރިއަށް ގެންދާނެ ކަންކަން ކަމަށާއި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެކަމަށެވެ.

އަޅުގަނޑުމެން މިހާތަނަށް މިއައީ މިހިރަ ކަންކަމުގައި އަމަލީ ސިފަ ޖެއްސުމަށްޓަކައި، ރަނގަޅަށް ގެންދިއުމަށްޓަކައި ކަންކަން ތަރުތީބު ކުރަމުން. ބައެއް ކަންކަން ކުރުމުގައި އިތުރު ވަގުތު ބޭނުންވީ އެހެންވެގެން.

ރައީސް ވިދާޅުވީ ކުރިން ފަށާފައިވާ މަޝްރޫތަކުގައި ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މަޝްރޫތައް ލަސްވީ އެކަންކަން ހައްލުކޮށް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާ މި މަޝްރޫތައްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކަނޑިތީމުގައި ކުރިއަށް ރާވާފައި ހުރި މަޝްރޫތަކަށްވެސް ރައީސް ވަނީ އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން ސިއްހީ މަރުކަޒުގެ މަޝްރޫގެ ވާހަކަ ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫ މިހާރު ކުރިއަށްދާ ސްޕީޑުގައި ކުރިއަށްދާނަމަ މި މަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވި މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑު ހުރީ އެންމެ އެކަށީގެންވާ ފެންވަރަށް ނޫންކަމަށާއި އެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ށ. ކަނޑިތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ