ކަނޑިތީމު ބަނދަރު އަޕްގްރޭޑްކުރުން އެމްޓީސީސީއަށް، މަގުތައް ހެދުން އާރުޑީސީއަށް

Advertisement

އެންމެ ފަސް

Advertisement

ށ. ކަނޑިތީމުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އަދި ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫ އަދި ކަނޑިތީމު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

1،700 މީހުންގެ އާބާދީއެއް އޮންނަ ކަނޑިތީމަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. 84.12 މިލިއަން ރުފިޔާގެ ބަނދަރުގެ މަޝްރޫގެ ދަށުން، 76,705.85 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 212 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރެވޭނެ އެވެ.

މީގެއިތުރުން 150 މީޓަރުގެ ގްރޮއިން ޖެހުމާއި، 544 މީޓަރުގެ ބޭރުތޮށި ލުމާއި، 342 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1332 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫ 380 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ށ. ކަނޑިތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ