މިޔަރު ހަމަލާއެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ފަތުރުވެރިންގެ މަޤްބޫލު ރަށެއް ކަމުގައިވާ ބްރިބީ އައިލެންޑްގެ ވޫރިމް ބީޗުގައި މިޔަރުގެ ހަމަލާއެއްގައި ފުރާވަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5 ޖަހާއިރު ހާއްސަވީ ކަމަށް ވެއެވެ. އެ ވަގުތު އެ ސަރަހައްދުގައި ފަތަމުން ދިޔަ އަންހެން ކުއްޖަކަށް މިޔަރު ހަމަލާދިނުމާ ގުޅިގެން އިމަޖެންސީ ކްރޫއަކަށް ގޮވާލާފައިވެއެވެ. ނަމަވެސް، އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ފުރާނަ ސަލާމަތް ނުކުރެވި ވަނީ މަރުވެފަ އެވެ.

މި ހާދިސާ ހިނގި ތަނަކީ ބްރިސްބޭންގެ އުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ބްރިބީ އައިލެންޑްގެ ވޫރިމް ބީޗެވެ. މި ގޮނޑުދޮށަކީ ފަތާ ގްރޫޕްތަކުން ގިނައިން ބޭނުންކުރާ ތަނެކެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މަރުވި ކުއްޖާގެ އުމުރަކީ 17 އަހަރެވެ. ނަމަވެސް، ފުލުހުން މިހާތަނަށް އެ ކުއްޖާގެ އުމުރު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން، ބްރިބީ އައިލެންޑްގެ ރައްޔިތުން ވަނީ ބިރުވެރިކަމާއި ހައިރާންކަން ފާޅުކޮށްފައެވެ.

”އެނގޭ ބްރިބީ ވަށައިގެން މިޔަރުތައް ވަރަށް ގިނަކަން، އެކަމަކު މިހާ ކައިރިން ފަޅުތެރެއަށް، އަދިވެސް ޝޮކެއް،“ އެއް ރަށްވެއްސަކު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގޮނޑުދޮށްތައް ވަގުތީގޮތުން ބަންދުކޮށް، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވެ އެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފަތުރުވެރިންނާއި ރަށުގެ ރައްޔިތުންނަށް އިރުޝާދު ދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ