ޑިމޮކްރެޓްސްގެ ރައީސް އަކަށް އިންތި، ނައިބަކަށް ވައްޑޭ

Advertisement

އެންމެ ފަސް

Advertisement

ދަ ޑިމޮކްރެޓްސްގެ އައު ރައީސަކަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި ނައިބު ރައީސަކަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ރޭ ބޭއްވުނު އެ ޕާޓީގެ ޖެނެރަލް އެސެމްބްލީގައި އިންތިޚާބުކޮށްފި އެވެ.

ޕާޓީގެ ރައީސްކަމުގެ މަޤާމަށް އިންތި އިންތިޚާބުކުރުމަށް 34 މެންބަރުން ވޯޓު ދީފައިވާއިރު، މިހާތަނަށް އޭނާ ހުންނެވީ އެ ޕާޓީގެ ތަރުޖަމާނުގެ މަޤާމުގަ އެވެ. އިންތިއާއި ވައްޑޭ މި މަޤާމުތަކަށް އިންތިޚާބުވެފައިވަނީ ކުރިން ޕާޓީގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފް އަދި ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ޝިފާޒް (ޝިއްޕެ) ޕާޓީ ދޫކޮށްލެއްވުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް ހަސަން ލަތީފް ޕާޓީ ދޫކޮށްލެއްވުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ”ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފަންކުރުވައިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު އޮތްކަން ގަބޫލުކުރަން ދަތިވުން“ ކަމަށެވެ. އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

މި އިންތިޚާބާއެކު ދަ ޑިމޮކްރެޓްސް ޕާޓީގެ އައު ލީޑަރޝިޕެއް އެކުލަވާލެވި، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިމްތިޔާޒް ފަހުމީ (އިންތި) މުހައްމަދު ވަހީދު (ވައްޑޭ) ދަ ޑިމޮކްރެޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ