ޑިމޮކްރެޓްސްގެ ހިންގުން އަފީފްއަށް، ވަގުތީ ޗެއަރޕާސަންއަކަށް ބަޝީރު

Advertisement

އެންމެ ފަސް

Advertisement

ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕް ހުސްވެފައިވާ ދަނޑިވަޅުގައި ޕާޓީގެ ހިންގުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހަސަން އަފީފްއާ ހަވާލުކޮށް، އެ ޕާޓީގެ ވަގުތީ ޗެއަރޕާސަންއަކަށް މުހައްމަދު ބަޝީރު ހަމަޖައްސައިފި އެވެ.

ރޭ ވަނީ އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެގޮތުން އެ ބައްދަލުވުމުގައި ވަނީ ޕާޓީ ހިންގުމަށް 9 މެންބަރުންގެ ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މުޤައްރިރުކަމަށް ކުރީގެ މެންބަރު ހަސަން އަފީފު އައްޔަންކުރުމަށް ފާސްކޮށްފަ އެވެ. މީގެއިތުރުން ނެޝަނަލް އެސެމްބްލީގެ ވަގުތީ ޗެއަރޕާސަންގެ މަޤާމަށް ނެޝަނަލް އެސެމްބްލީގެ މެންބަރު އަދި ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު ވަނީ ހަމަޖައްސާފައެވެ.

ދަ ޑިމޮކްރެޓްސް އިން ބުނި ގޮތުގައި މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމުކުރުމާއި، ޕާޓީ ހިންގުމަށް މިވަގުތު ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ޕާޓީގެ ހަރަކާތްތައް އިންތިޒާމުކުރުން ހިމެނެއެވެ. ކޮމިޓީގެ ރަސްމީ މަސައްކަތް ފެށޭނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ނިންމުމެއް ލިބުމުންނެވެ.

ވަގުތީ ހިންގާ ކޮމިޓީގައި ހިމެނެނީ ނެޝަނަލް އެސެމްބްލީގެ މެންބަރުންގެ ތެރެއިން ހަސަން އަފީފު، މުހައްމަދު ބަޝީރު، މުހައްމަދު އިބްރާހިމް މަނިކު، މުހައްމަދު ރަޝީދު، އިބްރާހިމް ރިޔާޒް، މަރިޔަމް ނާޒިމާ އަދި ޝުޖާއު އަލީގެ އިތުރުން، ޕާޓީގެ ރެޖިސްޓްރާ ޖެނެރަލް ތާހާ ރަފީއު އަދި ޕާޓީގެ އާންމު މެންބަރު މުހައްމަދު އިބްރާހިމް ދީދީއެވެ.

ޑިމޮކްރެޓްސްއިން ބުނި ގޮތުގައި މި ބަދަލުތައް ގެނެވިފައިވަނީ ޕާޓީގެ ލީޑަޝިޕްގައި ހުސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައެވެ. އަދި ދާއިމީ ލީޑަޝިޕެއް އިންތިޚާބުކުރެވެންދެން ޕާޓީގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ މި ކޮމިޓީން އަދާކުރާނެއެވެ.

ޑިމޮކްރެޓްސްއަށް ހުސްކަމެެއް އައި ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގިނަ ފަރާތްތަކެއް ޕާޓީ ދޫކޮށް، އެމްޑީޕީއަށް ގުޅުމާއި ގުޅިގެންނެވެ.

ދަ ޑިމޮކްރެޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ