ރައީސް ނަޝީދާއި ފައްޔާާޒް ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުއާ ފައްޔާޒް ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މިކަމާއި ގުޅިގެން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނާއި ބައްދަލުކުރެއްވީ ދެއްވި މެންދުރުގެ ކެއުމަކަށް ކަމަށެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ، މި ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކޮށްލެވިއްޖެ ކަމަށެވެ.

”ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން.“ ފައްޔާޒް ވިދާޅުވި އެވެ.

މިފަހުން ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ. އަދި އެމްޑީޕީ ތެރޭގައިވެސް ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފަ އެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވިނަމަވެސް، އިންތިހާބުގައި ވާދަކުރައްވާނީ ކޮން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމައްފަހު، އެ ޕާޓީ ދޫކުރައްވާ ނިކުމެވަޑައިގަތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއި ދެމެދު ޖެހުނު މައްސަލަތަކަށްފަހު އެވެ. އޭގެފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ’ދަ ޑިމޮކްރެޓްސް’ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާއިރު، އެ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މިފަހުން ވަނީ އެނބުރި އެމްޑީޕީއަށް ބަދަލުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ފައްޔާޒް އިސްމާއިލް ދަ ޑިމޮކްރެޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ