ނަޝީދާއި ޑީމޮކްރެޓްސްގެ އެހެން މެންބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ދަ ޑިމޮކްރެޓްސް ޕާޓީ އުވާލާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް ނިންމައިފި އެވެ.

މިއަދު ވަނީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމަށް ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިނި ދައުލަތެއް ދެމިއޮތުމަށާއި، ގިނަ ޕާޓީއެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

”މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާއި ގުޅުމަށް އިގުރާރުވަމެވެ.“ ގަރާރުގައި ބުނެފައިވެ އެވެ.

އިއްޔެ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ބައްދަލުވެސް ކުރައްވާފަ އެވެ.

މިފަހުން ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ. އަދި އެމްޑީޕީ ތެރޭގައިވެސް ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފަ އެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވިނަމަވެސް، އިންތިހާބުގައި ވާދަކުރައްވާނީ ކޮން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމައްފަހު، އެ ޕާޓީ ދޫކުރައްވާ ނިކުމެވަޑައިގަތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއި ދެމެދު ޖެހުނު މައްސަލަތަކަށްފަހު އެވެ. އޭގެފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ’ދަ ޑިމޮކްރެޓްސް’ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާއިރު، އެ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މިފަހުން ވަނީ އެނބުރި އެމްޑީޕީއަށް ބަދަލުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ