ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ޖަރުމަންގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ގައުމުގައި ބާއްވާ އައިޓީ ފެއާއާ ދިމާކޮށް ޖަރުމަންގެ ޓެކްސީތަކުގައި ރާއްޖެ ސިފަކޮށް ދޭ މަންޒަރާ އެކު ”މޯލްޑިވްސް: ސަނީ ސައިޑް އޮފް ލައިފް“ ލިޔެގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީސީ) އިން ބުނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ މި ޕްރޮމޯޝަނަށް ޖަރުމަންގެ ވެރިރަށް ބާލިންގައި ދުއްވާ 200 ޓެކްސީއެއް ބޭނުން ކުރާނެ ކަމަށާއި، މިއީ މިފަދަ ގޮތަކަ ކުރިއަށް ގެންދެވޭ އެންމެ ބޮޑު އެއް އިނީޝިއޭޓިވް ކަމަށެވެ.
މި ޓެކްސީ ކެމްޕެއިން ކުރިއަށް ގެންދާނީ އަންނަ މަހުގެ 7 އިން ފެށިގެން މާޗް 13 ގެ ނިޔަލަށެވެ.
އެ މުއްދަތަކީ ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ބީއައިއެފްއެފް) އާއި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިންއާ ފެއާ ވެސް ކުރިއަށް ދާނެ ދުވަސްވަރެވެ.
އެހެންކަމުން މި ކަންކަމާ ދިމާކޮށް 600،000 ވުރެ ގިނަ މީހުން ބާލިންއަށް ދަތުރުކުރާނެތީ ޓެކްސީތައް މެދުވެރިކޮށް ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓްވެގެން ދާނެ އެވެ.
ޓެކްސީތަކުގެ އިތުރުން މި ކެމްޕޭންގައި ބާލިންގައި ފާހަގަކޮށްލެވޭ ބިލްބޯޑްތަކެއް ހިމެނޭއިރު، މި ބޮޑު ސަގާފީ އިވެންޓަށް ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ ޒިޔާރަތްތެރިންނަށް އަމާޒުކޮށްފައިވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޖަރުމަންވިލާތް