ނ.ޢ.ޢ.ވ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވެއްޖެ އެވެ.

ގ. ހިލިހިލާގެ ޙުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

މަރުޙޫމާ ޙުސްނާ މޫސާ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރުޙޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲ އަށް ދުޢާ ކުރައްވާފައިވެއެވެ.

އޭގެއިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އިބްރާހީމް ޙުސައިން ޒަކީގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ދައުލަތުގެ ގިނަ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ