1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަހަރުގެ މިހާތަނަށް 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ތަފްސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 1،931،377 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،756،814 ފަތުރުވެރިންނެވެ. މި އަދަދާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އަދިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެ ގައުމުން 303،984 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 243،457 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކޭ އިންނެވެ. އެ ގައުމުން 172،009 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މި އަހަރު ކަނޑައަޅާފައިވާ އަމާޒަކީ 2.3 ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. ނިމުނު އަހަރު ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ