ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުުރުވެރިން

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ތަފާސްހިސާބުތަށް ދައްކާގޮތުން މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޖުމްލަ 300,352 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމުލަ 263,042 ފަތުރުވެރިންނެވެ. އެހެންކަމުން، މީ 14% އިތުރުވުމެކެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާގެ ފަތުރުވެރިން ކަމަށްވާއިރު އެއީ 239،004 ފަތުރުވެރިންނެވެ.

އެހެން ގައުމުތަކުން ފަތުރުވެރިންއައި އަދަދު:

  • އިނގިރޭސިވިލާތް: 168،597 ފަތުރުވެރިން
  • ޖަރުމަނު: 141،739 ފަތުރުވެރިން
  • އިޓަލީ: 124،406 ފަތުރުވެރިން
  • އިންޑިއާ: 109،297 ފަތުރުވެރިން

ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ތިބެނީ ރިސޯޓުތަކުގަ އެވެ. މި އަހަރު 1.4 މިލިއަން ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށެވެ. އަދި 408،608 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 39،475 ފަތުރުވެރިން ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.8 އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ