ފްލެޓަކާއި ގޯއްޗެއް އަދި ކާރެއް ގަނެފައިވާ ވާހަކަ ރިޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް) ގެ މެނޭޖިން ޑިރިކްޓަރ އަހުމަދު މުބީން ދޮގު ކުރައްވައިފި އެވެ.
މުބީން މިހެން ވިދާޅުވެފައި ވަނީ، މިކަމާއި ގުޅޭގޮތުން ޖަވިޔަނި ނޫހަށް ދިން އިންޓަވިއުއެއްގަ އެވެ.
މުބީން ވިދާޅުވީ، ސީޝަލް މީޑިއާގައި ކޮންފަރާތެއްކަން ނޭންގޭ އައިޑީއަކުން އޭނާ މި ސަރުކާރުގައި ގޯއްޗަކާއި ފްލެޓެއްގެ އިތުރުން ކާރެއް ގަނެގެން އުޅޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި، މި ކަހަލަ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިނުވާ ކަމަށެވެ.
”ފްލެޓެއް ހޯދާކަށްވެސް މިދިޔަ ދުވަސްތަކުގައި މަސައްކަތް ކޮށްފައެއް ނޯންނާނެ. އަދި އަޅުގަނޑު ހޯދާފައެއްވެސް ނޯންނާނެ، ރައްޓެއްސަކަށްވެސް އާއިލާ މީހަކަށްވެސް، އެއްވެސް މީހަކަށް ފްލެޓެއްލިބި ބިމެއްހޯދައި އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނުހުންނާނެ މިދިޔަ ދުވަސްތަކުގަ އެއް.“
މުބީން ވިދާޅުވީ ޔަގީން ކަމާއިއެކު ބުނަން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކަރު އައިފަހުން އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަަމަށެވެ.
ކުރިޔަށް އޮތް ތަނުގައި ލިސްޓުތަށް ނުކުންނައިރުގައި އެގޮތަށް ހުރިއްޔާ ފެންނާނެ ކަމަށާއި، ކާރެއްވެސް އޭނާ ހޯދައިފައިނުވާނެ ކަމަށްވެސް މުބީން ވިދާޅުވީ އެވެ.
”އަޅުގަނޑުވެސް ދަންނަ ރަށްޓެހިން އުޅޭނެ، އެ މީސްމީހުންގެ ކާރު އެއްޗިއްސަށްވެސް އަރާނެ، ތަންތަނަށް ގޮސް ހަދާނެ.“
ސޯޝަލް މީޑިއާގައި ފާއިތުވި ދުވަސްތަކުގައި މުބީންގެ މައްޗަށް ހެއްކެއް ނެތި ގިނަ ތުހުމަތުތަކެއް ކުރެވިގެން ދިޔަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)