އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވާފައިވާއިރު އިތުރު ފަސް ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ އިން މި ޕްރޮމޯޝަން ތައާރަފުކުރީ މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.
ޕްރޮމޯޝަންގައި މިހާރު ކާމިޔާބު ކުރުމަށް ބާކީ ކުރި ސައިކަލުތައް:
- 2 އެއާރބްލޭޑް 160 – ސްޓޭންޑަޑް އެޑިޝަން
- 1 އެއާބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން
- ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު – ޕީސީއެކްސް 160
- އެންމެ އަގު ހުރި އިނާމު – ރެބެލް 300 (2024)
މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެ އެވެ.
އުރީދޫއިން ބުނީ، މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބާކީ ހުރި ފަސް ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.