ޕީއެސްއެމްގެ އެމްޑީއަކަށް ނައްޓު

Advertisement

އެންމެ ފަސް

Advertisement

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އިބްރާހީމް ނަސްރީން (ނައްޓު) އައްޔަންކޮށްފި އެވެ.

ނައްޓުއަކީ މީގެ ކުރިން ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަޤާމާއި ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނައްޓުއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ)ގެ އެގްޒެކެޓިވް ބޯޑު މެންބަރެއްވެސް މެއެވެ.

މި ސަރުކާރުގެ ދައުރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނު ތިންވަނަ ފަރާތަކީ ނައްޓުއެވެ. މި މަޤާމަށް ފުރަތަމަ އައްޔަންކުރެވުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރެވެ. ނަމަވެސް 9 މަސްދުވަހުގެ ތެރޭގައި، 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު، ޒީނާ އެ މަޤާމުން އިސްތިއުފާ ދެއްވި އެވެ.

ޒީނާގެ ފަހުން މި މަޤާމަށް އައްޔަންކުރެވުނީ މުޙައްމަދު ސައީދެވެ. އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު ސައީދުވެސް ވަނީ މި މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ