ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ ރައީސުލްޖުލްހޫރިއްޔާ ކުރެއްވެވި މަސައްކަތްޕުޅަކީ ކޮންމެ މަސްޢޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ނަމޫނާ ސިފައެއްކަމަށް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ 8 ވަނަ އަހަރީ ދުވަހުގައި ބޭއްވުނު ”ޕީއެސްއެމް އެވޯޑް 2025“ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނ.ޢ.ޢ.ވ އައްބާސް އިބްރާޙިމް ވިދާޅުވީ ރައީސްގެ ކިބައިން ފެންނަނީ މަސްއޫލުވެރިއެއްގެ ކިބައިން ފެންނަ އެންމެ މަތިވެރި ސިފަ އެއް ކަމަށެެވެ. އެގޮތުން މީގެއިތުރުން އައްބާސް ވިދާޅުވީ 15 ގަޑިއިރަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމަކީ، ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ވަނީ ޖަވާބުދެއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ރެކޯޑް ހޯދާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ވަނީ މަޢުލޫމާތު ޙިއްސާކުރައްވައި، ކަންކަން އޮޅުންފިލުއްވާދެއްވާފައެވެ.