ވޮއިސް އޮފް މޯލްޑިވްސް އަލުން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މަޝްހޫރު މިއުޒިކް ޝޯ ”ވޮއިސް އޮފް މޯލްޑިވްސް“ އަލުން ފެށުމަށް ނިންމައިފި އެވެ.

މި ޕްރޮގްރާމަކީ ކުރީގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ނަމުގައި ޕީއެސްއެމް ހިންގި ދުވަސްވަރު ގެނެސްދިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަވަކިޔުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރިން ހޮވާލައިގެން ކުރިއަށް ގެންދިޔަ މަޝްހޫރު ޝޯއެކެވެ.

ޕީއެސްއެމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އައު ޕްރޮގްރާމުތަކާއި ހިދުމަތްތައް ތަޢާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވޮއިސް އޮފް މޯލްޑިވްސް ޕްރޮގްރާމު ރަސްމީކޮށް ލޯންޗުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މި ޕްރޮގްރާމު އަލުން ތަޢާރަފުކުރުމަށް ދެއްކި ވީޑިއޯގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ މުނިފޫހިފިލުވުމުގެ އިތުރުން ހުނަރުވެރިން އުފެއްދުމަށާއި، ދިވެހިންގެ މެދުގައި މިއުޒިކަށް އޮތް ފޯރި އަލުން އާލާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ ފަންނުވެރިންނަށް އައު ޕްލެޓްފޯމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ