ކުރީގެ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސައިފި އެވެ.
ޕީސީބީގެ ވެބްސައިޓުން ދައްކާ ގޮތުން ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ޑިސެމްބަރު މަހު 2 ވަނަ ދުވަހު އެވެ.
އެގޮތުން، ޝަފީގް ވަނީ މީގެ ކުރިން ވެސް އެޗްޑީއެފްސީގައި މަސައްކަތް ކުރައްވާފަ އެވެ. އަދި މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ފައިނޭންސްގެ ހެޑްގެ މަގާމުގަ އެވެ.
ޝަފީގު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގައި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
