ތެލުން ވައްކަންކުރި މައްސަލައިގައި ބޭއްވި ކޮމިޓީ އެސްޓީއޯގެ އެދުމަށް ސިއްރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްްއެސްއެމް)ގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، މަނީލޯންޑާ ކުރި މައްސަލައާއި ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގެ ބޭފުޅުންނާއި ބައްދަލު ކުރުމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ސަލީމް ވަނީ ކޮމިޓީ ސިއްރުކުރުމަށް ބޭނުންތޯ އެސްޓީއޯގެ ބޭފުޅުންކުރެ ސާފުކޮށްފަ އެވެ. މިގޮތަށް އެހުމުން އެސްޓީއޯގެ ބޭފުޅުންވަނީ ކޮމިޓީ ސިއްރު ކުރުމަށް އެދިފަ އެވެ. އެސްޓީއޯގެ ބޭފުޅުން މިގޮތަށް އެދުމުން ކޮމިޓީގެ މެންބަރުން ވަނީ ބައްދަލުވުން ސިއްރު ކުރުމަށް ފާސްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވިދާޅުވެފައިވަނީ، އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑާ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި 2 ގެ އަދި ތެޔޮއުފުލާ 2 ބާޖު ބަލައިފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ