ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ބަންޑާރަ ނައިބު ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަންޑާރަނައިބު އަހުމަދު އުޝާމް އާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދާއި، މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އުޝާމް ވަނީ އެމްޖޭއޭގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމްޖޭއޭގެ ފަރާތުން މި ބައްދަލުވުމުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، އައު ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ފެންނަ ބައެއް މާއްދާތަކާއި، ނޫސްވެރިންގެ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭ ކަންކަން ހިމެނެ އެވެ.

މި ބައްދަލުވުމަކީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލު މަޖިލީހަށް ހުށަހެޅުމަށްފަހު، ނޫސްވެރިންގެ ފަރާތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ސަރުކާރުން މި ބިލާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.

ބަންޑާރަ ނައިބް އަހުމަދު އުޝާމް އެޓާނީ ޖެނެރަލްސް އޮފީސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ